ލޯންޑްރީ ސެންޓަރެއްގެ ގޮތުގައި ވިނަރެސް ފުލެޓް ބޭނުންކުރަނީ

ލޯންޑްރީ ސެންޓަރެއްގެ ގޮތުގައި ވިނަރެސް ފްލެޓެއް ބޭނުންކުރާ މައްސަލަ ބަލަނީ

ނާއިފް ހަލީމް
 
12 ގަޑިއިރު ކުރިން

ލޯންޑްރީ ސަރވިސް ސެންޓަރެއްގެ ގޮތުގައި ވިނަރެސް ފްލެޓެއް ބޭނުންކުރާ މައްސަލައެއްގައި ފެންމަތިވެއްޖެއެވެ.

ލޯންޑްރީ ސަރވިސް ސެންޓަރެއްގެ ގޮތުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޤާއިމްކޮށްފައިވާ ވިނަރެސް ޓަވަރުތަކުގެ ތެރެއިން އެޕާޓްމެންޓެއްގައި ބޭނުންކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެފައިވެއެވެ.

މީޑިއާއަކަށް މައުލޫމާތުދެމުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ބުނީ އެ ކޯޕަރޭޝަންގެ ސަމާލުކަމަށް މި މައްސަލަ އައިސްފައިވާކަމަށެވެ. އެގޮތުން ފިޔަވަޅު އެޅުމުގެ ފުރަތަމަ މަރުހަލާގައި އެ މަސައްކަތް ހުއްޓާލުމަށް މިކަން ކުރާ ފަރާތަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ލޯންޑްރީ ސަރވިސް ސެންޓަރު ހިންގާ ފަރާތެއް ކޯޕަރޭޝަނުން ހާމަކޮށްފައި ނުވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަ މަނަޒަރުތަކުގައި ލޯންޑްރީ ޚިދުމަތަށް އެލްޕީޖީ ގޭސް ބޭނުންކޮށްގެން އުފައްދާ އިންޑަސްޓްރިއަލް މެޝިންތަކެއް ވިނަރެސް ފްލެޓް ތެރޭ ބަހައްޓާފައި ހުރިތަން ފެނެއެވެ.