މިިދިޔަ ދެ މަހު ސަރުކާރުން ހިންގި ޕީއެސްއައިޕީ މަޝްރޫއުތަކަށް 447 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން އެއީ ހަތް ޕަސެންޓް ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 483 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ އެއާޕޯޓާއި ދަތުރުފަތުރުގެ ނިޒާމުތަކަށް ބޭނުންވާ މަޝްރޫއުތައް ހިންގުމަށެވެ. އެފަދަ މަޝްރޫއުތަކަށް 161 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ދެވަނައަށް އެންމެ ބޮޑު ހޭދައެއް ކުރީ ކަރަންޓާއި ހަކަތައިގެ ނިޒާމުތައް ގާއިމްކުރުމަށެވެ. އެފަދަ މަޝްރޫއުތަކުގެ ހަރަދަކީ 75 މިލިއަން ރުފިޔާ އެވެ. ބިން ހިއްކުމާ ގުޅޭ މަޝްރޫއުތަަކަށް 55 މިލިއަން ރުފިޔާ މި މުއްދަތުގައި ސަރުކާރުން ހޭދަކޮށްފައިވެ އެވެ