މި އަހަރު ވެސް މާލެ ސަރަހައްދުގައި ކުލަގަދަކޮށް ފިތުރު އީދު ފާހަގަކުރުމަށް ކުޑަކުދިންގެ ހަވީރު ކުރިއަށް ގެންދާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
ވީ ކިހިނެއް؟ - އެމްއެންޑީއެފް އިން މިއަދު ބުނީ ފާއިތުވި އަހަރު ލިބުނު ތަރުހީބާ އެކު މި އަހަރުގެ ފިތުރު އީދުގެ ހަރަކާތްތައް މާލެ ސަރަހައްދުގައި ތިން ދުވަހަށް ކުރިއަށް ގެންދާނެ ކަމަށެވެ.
ތަފްސީލް - 'އީދު ހަވީރު 1447'ގެ ނަމުގައި މާލެ އާއި ހުޅުމާލެ ފޭސް 1 އަދި 2ގެ އިތުރުން ވިލިމާލޭގައި މި ހަރަކާތްތައް ކުރިއަށް ގެންދަނީ އެމްއެންޑީއެފް އާއި ސަރުކާރު ހިއްސާވާ 10 ކުންފުންޏެއް ގުޅިގެންނެވެ.
މި ހަރަކާތްތައް ކުރިއަށް ގެންދަން ނިންމާފައިވަނީ އީދު ދުވަހުގެ ހަވީރު 4 އިން ފެށިގެންނެވެ. އެގޮތުން:
އީދު ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކޮންމެ ދުވަހެއްގެ ހަވީރު 4 އިން 6އަށް މި ހަރަކާތްތައް ކުރިއަށް ގެންދާނެ
މާލޭގައި ހަރަކާތްތައް އޮންނާނީ އިސްލާމީ މަރުކަޒުގެ ބޭރުގައިވާ މާބަލް ސަރަޙައްދުން ފެށިގެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަން ސަރަހައްދު ހިމެނޭ ގޮތަށް
ހުޅުމާލޭގައި އީދު ހަަރަކާތްތައް ކުރިއަށް ގެންދާނީ ފޭސް 1ގެ ސެންޓްރަލް ޕާކާއި ފޭސް 2ގެ ހިޔާ ޕާކު ސަރަހައްދުގައި
ވިލިމާލޭގައި މި ހަރަކާތްތައް އޮންނާނީ ފުޓްބޯޅަ ދަނޑުގައި
އީދު ހަވީރުގެ ހަރަކާތްތައް ކުރިއަށް ގެންދާއިރު، އީދާ ދިމާކޮށް ސަލްޓަ