ެވެލާނާގެ --

ރޯދަމަހުގެ ފަހު 10އަކަށް، މިއަދުން ފެށިގެން ސަރުކާރު ބަންދު

ނާއިފް ހަލީމް
 
3 ގަޑިއިރު ކުރިން

މި ރޯދަމަހުގެ ފަހު 10 އަކަށް, މިއަދުން ފެށިގެން ސަރުކާރު ބަންދުވެއްޖެއެވެ.

ރާއްޖޭގައި އިސްލާމީ އުސޫލުތައް ގާއިމުކުރުމާއި ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން، ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ބަންދު ކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ރަމަޟާން މަހުގެ ފަހު 10އަކާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ދިނުމުގެ އިންތިޒާމު، އެ މުއައްސަސާއަކުން ހަމަޖެއްސުމަށް ރައީސް އޮފީހުން ވަނީ މީގެ ކުރިން އަންގައިފައެވެ.

މިއަހަރުގެ ރޯދަ މަސް ފެށީ މިދިޔަ މަހުގެ 18 ވަނަ ދުވަހެވެ.