އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން އެމެރިކާގެ މަނަވަރަކަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވާކަން އިއުލާނުކޮށްފިއެވެ.
އީރާނުން ހާމަކޮށްފައިވާ ގޮތުގައި، މި ހަމަލާ އަމާޒުކޮށްފައިވަނީ އެމެރިކާގެ އަސްކަރީ މަނަވަރެއް ކަމަށްވާ ޔޫއެސް އެސް އަބްރަހަމް ލިންކިން އަށެވެ. މި ހަމަލާގައި ބޭނުންކޮށްފައިވަނީ ކަނޑުގެ އުޅަނދުފަހަރަށް ހަމަލާދޭން ބޭނުންކުރާ ޒާތުގެ 4 ބެލިސްޓިކް މިސައިލް ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ބުނެއެވެ.
މި ހަމަލާތަކާ ގުޅިގެން އެމެރިކާގެ މަނަވަރަށް އެއްވެސް ގެއްލުމެއް ލިބިފައިވާކަން ނުވަތަ މިސައިލްތައް އަމާޒަށް ވާސިލުވިކަން އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ. މި ހާދިސާއާ ގުޅޭގޮތުން އެމެރިކާގެ ދިފާއީ ވުޒާރާއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.