ހަޔާ އެޑިއުކޭޝަން މިނިސްޓަރ ހައިދަރު

މެދުއިރުމަތީގައި ކިޔަވަމުންދާ ދަރިވަރުންގެ ހާލުދަނީ ގާތުން ބަލަމުން

މުހައްމަދު ހަމީޒް
 
14 ގަޑިއިރު ކުރިން

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ އަސްކަރީ ކުރިމަތިލުމާއި ގުޅިގެން އެ ގައުމުތަކުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ހާލުދަނީ ގާތުން ބަލަމުން ކަމަށް މަތީ ތައުލީމާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ އަސްކަރީ ކުރިމަތިލުމާއި ގުޅިގެން އެ ސަރަހައްދުގެ ގައުމުތަކުގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންގެ ރައްކާތެރިކަމާއި މެދު ސަރުކާރުން ކަންބޮޑުވާ ކަމަށެވެ.

އެ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދިވެހި ސަރުކާރުން އަޅާނެ ކަމުގެ ޔަގީންކަންދޭ ކަމަށް ވެސް މަތީ ތައުލީމާިއ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

އެ ވުޒާރާއިން ވިދާޅުވީ، މެދު އިރުމަތީގައި ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ކިޔަވާކުދިންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށްޓަކައި ކަމާބެހޭ އިދާރާތަކާއި ޑިޕްލޮމެޓިކް މިޝަންތަކާއި ތައުލީމީ މުއައްސަސާތަކާ މެދުކެނޑުމެއް ނެތި ގުޅުން ބަހައްޓަމުންދާކަމާއި އެ ކުދިންގެ ހާލު ބަލަމުންދާ ކަމަށް ވިދާޅުވިއެވެ.

ކިޔަވާކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒު ކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި ކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އެޅުމަށް ތައްޔާރަށް އޮތް ކަމަށް ވެސް ވިދާޅުވިއެވެ.