ދުބާއީގެ ޕާމް ޖުމެއިރާއަށް އީރާނުން ހަމަލާދިނުން

ދުބާއީގެ ޕާމް ޖުމެއިރާއަށް އީރާނުން ހަމަލާދީފި

މުހައްމަދު ހަމީޒް
 
8 ގަޑިއިރު ކުރިން

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ބިނާ ކަމަށްވާ ދުބާއީގެ ޕާމް ޖުމެއިރާ އަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. މިއީ މުޅި ދުނިޔެއަށް މަޝްހޫރު، އިންސާނުން ބިނާކޮށްފައިވާ އެންމެ ފާހަގަކޮށްލެވޭ އެއް ރަށެވެ.

ޕާމް ޖުމެއިރާއަކީ ދުނިޔޭގެ ފެންވަރުގެ ލަގްޒަރީ ހޮޓާތަކާއި، އެތައް ހާސް ބަޔަކު ދިރިއުޅޭ ރެސިޑެންޝަލް ސަރަހައްދުތައް ހިމެނޭ، ދުނިޔޭގެ ފަތުރުވެރިކަމުގެ މުހިންމު މަންޒިލެކެވެ.

މި ހަމަލާއާއެކު މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަނީ، މިއީ ހަމައެކަނި އަސްކަރީ އަމާޒުތަކަށް ދެވޭ ހަމަލާއެއް ނޫން ކަމަށާއި، އީރާނުން މިހާރު އަމާޒު ހިފާފައިވަނީ އާންމުން ދިރިއުޅޭ އަދި ފަތުރުވެރިކަމުގެ މުހިންމު މަރުކަޒުތަކަށް ކަމަށެވެ.

ޕާމް ޖުމެއިރާއަކީ ދުބާއީގެ އިގްތިސާދީ އަދި ސަގާފީ ރަމްޒަކަށް ވާއިރު، މި ހަމަލާގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލު އަދި މުޅިން ސާފެއް ނުވެއެވެ. ނަމަވެސް، މިއީ ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑު ސަމާލުކަމެއް ލިބިގެންދާނެ ކަމެއްކަން ޔަގީނެވެ.