ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން | ފޮޓޯ: ޕޮލިސް

ސީޕީ ނަވީން ރިޓަޔާ ކުރައްވަނީ

މުހައްމަދު ހަމީޒް
 
20 ގަޑިއިރު ކުރިން

މި ސަރުކާރުގެ ދެ ވަނަ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން, ރިޓަޔާ ކުރައްވަން ނިންމަވައިފިއެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު ސީޕީ ކަމާ ހަވާލުވެވަޑައިގެންނެވި ނަވީން ރިޓަޔާ ކުރައްވަން ނިންމެވިކަން އޭނާ ވަނީ "ޖުމްލަ" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.

ނަވީން ސީޕީކަމާ ހަވާލުވެވަޑައިގެންނެވީ ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު ކުއްލި ގޮތަކަށް މިދިޔަ އަހަރުގެ އޭޕްރީލް 26ގައި އިސްތިއުފާ ދެއްވުމުންނެވެ. ޝުޖާއު ވެސް ވަނީ ރިޓަޔާ ކުރައްވައިފައެވެ.