ޖަޕާނުގެ އެހީތެރިކަމާއެކު މާލޭގެ ކަނޑުތޮށި ވަރުގަދަކުރުމުގެ ގޮތުން ފެށުމަށް ނިންމާފައިވާ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މަސައްކަތް ފެށުމަށްޓަކައި މިއަދު ވަނީ ދެފަރާތުގެ ދެމެދުގައި އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އިބްރާހީމް ޠަޢާމު މުޙައްމަދެވެ. ޖަޕާނުގެ ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ، މިސްޓަރ އިޒާވާ ކަން، އެވެ.
ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތަކަތްތަކުގެ ދަށުން މާލޭގެ ކަނޑުތޮށި ވަރުގަދަކޮށް އެކަމާ ގުޅުންހުރި މަސައްކަތްތަކަށް ޖަޕާނު ސަރުކާރުން 10.5 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.