ސްކޫލްތައް ހިމެނޭ ސަރަހައްދުގެ ޓްރެފިކް ލައިންތަކާއި ޒިބްރާ ކްރޮސްތައް އާކުރުން ފަށައިފި

މުހައްމަދު ހަމީޒް
 
15 ދުވަސް ކުރިން

މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން، އާ ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުގެ ޓްރެފިކް ލައިންތަކާއި ޒިބްރާ ކްރޮސްތައް އާކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިއީ މާލޭގެ މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށް އެ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ބައެކެވެ.

ސްކޫލް ފެށޭ ގަޑިތަކާއި ނިމޭ ގަޑިތަކަކީ ޓްރެފިކް ވަރަށް ބޮޑަށް ބާރުބޮޑުވާ ވަގުތުތަކަކަށް ވާތީ، މަގުމަތީގެ ނިޝާންތައް ސާފުކޮށް ފެންނަން ހުރުމަކީ ދުއްވާ މީހުންނަށާއި ހިނގާ މީހުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެކެވެ. މިގޮތުން ޒިބްރާ ކްރޮސްތައް ފާހަގަވާން ހުރުމުން މަގު ހުރަސްކުރާ ފަރާތްތަކުގެ ރައްކާތެރިކަން އިތުރުވެގެންދާނެއެވެ.

މި މަސައްކަތަކީ ކިތަންމެ ކުޑަ ކަމެއްގެ ގޮތުގައި ފެނުނު ނަމަވެސް، މިއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ސިޓީ ކައުންސިލުން ފާހަގަކުރެއެވެ.