އެޗްޑީސީގެ މިވައްޒަފުން ލޭ ހަދިޔާކުރުމުގެ ތެރެއިން | ފޮޓޯ: އެޗްޑީސީ

ލޭ ހަދިޔާ ކުރުމުގައި އެޗް.ޑީ.ސީގެ މުވައްޒަފުން ނަމޫނާ ދައްކަނީ

މުހައްމަދު ހަމީޒް
 
15 ދުވަސް ކުރިން

މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީސީ) އަށް އިތުރަށް ލޭ ބޭނުންވާތީ، ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށަން ނިންމައިފިއެވެ.

ލޭ ލިބުން ދަތިވެ މި ޖަނަވަރީ މަހުގެ 22 ވަނަ ދުވަހު ބްލަޑް ސާވިސަސްއިން ވަނީ އާއްމުންގެ އެހީތެރިކަމަށް އެދިފައެވެ. ބްލަޑް ސާވިސަސްއިން އެދުވަހު ކުރި ޕޯސްޓުގައި ބުނީ، 6 ވައްތަރެއްގެ ލޭ އެ ސާވިސަސްއަށް ބޭނުންވާ ކަމަށެވެ. އެއީ، އޭ ޕޮޒިޓިވް، އޯ ޕޮޒިޓިވް، އޯ ނެގެޓިވް، ބީ ޕޮޒިޓިވް، އޭބީ ޕޮޒިޓިވް، ބީ ނެގެޓިވް އަދި އޯ ނެގެޓިވް އެވެ. 


ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ފަށަން ނިންމައި، އެޗްޑީސީއިން ވަނީ މިއަދު އެ ޕްރޮގްރާމް ފަށައިފަ އެވެ. މި ޕްރޮގްރާމަށް އެ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

ބްލަޑް ސާވިސަސްއަށް ލޭ ހަދިޔާކުރުން އޮންނަނީ ކޮންމެ ހަފްތާއެއްގެ ވެސް އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އެގޮތުން ކޮންމެ ދުވަހެއްގެވެސް ހެނދުނު 8 އިން ރޭގަނޑު 8 އަށް ލޭ ހަދިޔާކުރެވޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.