40 މީޑިއާއަކަށް 27 މިލިއަން ރުފިޔާ ދޫކޮށްފި

ނާއިފް ހަލީމް
 
14 ގަޑިއިރު ކުރިން

40 މީޑިއާއަކަށް ހަތާވީސް މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

2025 ވަނަ އަހަރުގެ ބަޖެޓުން ފެށިގެން ކޮންމެ އަހަރަކު އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ޕޮއިންޓު އުސޫލުން މީޑިއާތަކަށް ފައިސާ ދިނުމަށް ނިންމާފައިވެ އެވެ.

މީޑިއާތަކަށް މާލީ އެހީތެރިކަން ދިއުމަށްޓަކައި މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގް ކޮމިޝަނުން އެކުލަވާލި އުސޫލުގެ ދަށުން ޝަރުތު ހަމަވެ، 40 މީޑިއާއަކަށް ފައިސާ ލިބޭ ކަމަށް ވަނީ ކަނޑައަޅަފައެވެ. މީޑިއާތަކަށް ލިބޭ ފައިސާގެ މިންވަރު ޔޫތު މިނިސްޓްރީއަށް އެންގުމުން މި މިނިސްޓްރީން ވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން މެދުވެރިކޮށް އެފަރާތްތަކަށް ފައިސާ ޖަމާކޮށްދީފައެވެ.