ޒުވާން އެކްޓަރު އަދު ޓިކްޓޮކް ތަރި މަރިޔަމް ޝިފާއަށް، ދުނިޔޭގެ އެންމެ ބޮޑު އެއް ފިލްމު އިންޑަސްޓްރީ ކަމަށްވާ ބޮލީވުޑުން ފުރުސަތު ލިބިފައިވާކަމަށް އޭނާ ހާމަކޮށްފި އެވެ.
ޝިފާ އަށް ބޮލީވުޑުން ފުރުސަތު ލިބުނުކަން އޭނާ ހާމަކުރީ ފޭސްބުކްގައި އާންމުކުރި ޕޯސްޓެއްގައެވެ. ނަމަވެސް އެއީ ކޮން ފިލްމެއް ކަމެއް ނުވަތަ އޭނާއަށް ލިބުނީ ކޮން ކަހަލަ ރޯލެއް ކަމުގެ އެއްވެސް ތަފްސީލެއް އޭނާ ދީފައެއް ނުވެއެވެ.
ޝިފާ އަކީ ޓިކްޓޮކުން މަޝްހޫރުކަން ހޯދައި ދިވެހި ފިލްމީ ދާއިރާއަށް ނިކުތް ޒުވާނެކެވެ. އޭގެ ފަހުން ދިވެހި ގިނަ ފިލްމުތަކުން ޖާގަ ހޯދާފައިވެއެވެ.