ދިވެހި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލެއްކަމުގައިވާ ލާމަރުކަޒީ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލާއި މެދު ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު އަދި ވިސްނަވާލެއްވުމަށް ކުޑަރިކިލު ކައުންސިލްގެ ރައީސް އަބްދުލްހަންނާން އައްބާސް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އެކި ރަށްތަކަށް ސިލްސިލާކޮށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުތަކުގެ ތެރެއިން ބ. އަތޮޅުގެ ރަށްތަކުގެ ތެރެއިން ކުޑަރިކިލަށް ޒިޔާރަތްކޮށް އެރަށުގެ ރައްޔިތުންނާއި ބައްދުލުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން ކައުންސިލްގެ ރައީސް ލާމަރުކަޒީ ޤާނޫނަށް އިސްލާހުގެނައުމަށް ހުށަހަޅާފައިވާ ބިލާއި ބެހޭގޮތުން ވާހަކަދައްކަވާފައެވެ.
އެގޮތުން މިބިލަކީ ރާއްޖޭގެ ގިނަ ކައުންސިލްތަކުން ދެކޮޅު ބިލެއްކަމަށާއި މިއީ ކައުންސިލްތަކުގެ މާލީ ބާރުވެރިކަމެއް އެޅިގެންދާ ބޮޑު ހުރަހެއްކަމުގައި ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި މިބިލު ސަބަބުން ކައުންސިލް ތަކުގެ މަސައްކަތް ހަނި ވުމުގެ ފުރުސަތު ބޮޑުވުމާއި ގުޅިގެން ކައުންސިލްގެ ރައީސްވަނ މިބިލާއި މެދު އަދި އިތުރަށް ވިސްނަވާލެއްވުމަސް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިލައްވާފައެވެ.
ބ. ކުޑަރިކިލު ކައުންސިލް މިއަދު ބޭއްވުނު ބައްދަލުވުމުގައި މިބިލާއި މެދު ކަންބޮޑޫވުން ފާޅުކޮށްފައިވާއިރު، ރާއްޖޭގެ ގިނަ ކައުންސިލްތަކަކުން ވަނީ ލާމަރުކަޒީ ނިޒާމާއި ގުޅޭ މިބިލާއި ދެކޮޅަށް ނޫސް ބަޔާން ނެރެފައެވެ.