ދިވެހިރާއްޖޭގެ ހައިކޯޓުން ހުސްވެފައިވާ ދެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލީ ފަރާތްތަކުގެ ނަންތައް ހާމަކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، އެ ކޯޓަށް ދެ ފަނޑިޔާރުން އައްޔަންކޮށްފިއެވެ.
އިއްޔެއާއި ރޭ ކުރިއަށް ދިޔަ އިންޓަވިއުތަކަށް ފަހު، ހައިކޯޓުގެ ފަނޑިޔާރުކަމަށް ދެ ބޭފުޅަކު އައްޔަންކުރަން ޖޭއެސްސީން ވަނީ ރޭ ނިންމާފައެވެ.
ހައިކޯޓުގެ ދެ ފަނޑިޔާރުކަމުގެ މަގާމަށް މީހުން ހޯދަން އިއުލާނުކުރީ ޖުލައި މަހުގެ 10 ވަނަ ދުވަހެވެ. އެ އިއުލާނުގެ މުއްދަތު ޖުލައި 16 ވަނަ ދުވަހު ހަމަވިއިރު، ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލީ ފަރާތްތަކުގެ ނަންތައް ޖޭއެސްސީން އާންމުކޮށްފައިވަނީ، އިއްޔެ އެ ފަރާތްތަކާ އިންޓަވިއު ކުރުމަށް ކަނޑައެޅިފައިވާ ވަގުތުތަކުގެ ކުޑަ އިރުކޮޅެއް ކުރިންނެވެ.
18 މީހުން ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާފައިވާއިރު،މިހާތަނަށް ޖޭއެސްސީން ވެސް އަދި ހައިކޯޓުން ވެސް އައްޔަންކުރެވުނު އެ ދެ ފަނޑިޔާރުންގެ ނަންތައް އާންމުކޮށްފައެއް ނުވެއެވެ.
މީގެ ކުރިން ޖޭއެސްސީން އަމަލުކުރަމުން އައި ގޮތަކީ، ފަނޑިޔާރުކަމުގެ މަގާމުތަކަށް އިއުލާނު ކުރުމަށް ފަހު، އިއުލާނުގެ މުއްދަތު ހަމަވުމުން، ކުރިމަތިލީ ފަރާތްތަކުގެ ނަންތައް އާންމުކުރުމެވެ. އަދި އޭގެ ފަހުން އެ ފަރާތްތަކާ ޖޭއެސްސީން އިންޓަވިއުކުރަނީއެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލީ މީހުންގގެ ނަންތައް:
1- އަހްމަދު ނައުޝާދު
2- ހާފިޒާ އަބްދުއްސައްތާރު
3- އަޝްފާގު ނައީމް
4- މުހައްމަދު ފައްވާޒު
5- އަހްމަދު ޝުކޫރު
6- އިބްރާހިމް އަލީ
7- އިބްރާހީމް ނާސިހް
8- މުހައްމަދު ޝަހީދު
9- ހަސަން ފަހީމް އިބްރާހީމް
10- އާދަމް އާރިފް
11- މުހައްމަދު ޒާހިދު
12- ޝުޖާއު އުސްމާނު
13- އަހްމަދު ތައުފީގު
14- އަލީ އަބްދުއްލަތީފު
15- ސުލައިމާން މުހައްމަދު
16- މުހައްމަދު އިބްރާހީމް
17- ޢަބްދުﷲ ޖަމީލް މޫސާ
18- މުހައްމަދު ރާގިބު އަހްމަދު