ލ. މާވަށުގައި މީހެއްގެ ކަރަށް ވަޅިއެއް ހަރާލައި މަރާލާއިފިއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:12 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ. ނިޔާވެފައިވަނީ އެރަށު، ނަލަހިޔާ، މޫސާ އިބްރާހީމް (29އ) އެވެ.
ހަމަލާ ދިން މީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.