ފެހެންދޫގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރެއްވުން - - ފޮޓޯ: ރައީސް އޮފީސް

އާބާދީއާ އެކަށޭނެ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މައި ސިޔާސަތު: ރައީސް

އާއިޝަތު އަނާ ރަޝީދު
 
2 ދުވަސް ކުރިން

ދިވެހިރާއްޖޭގެ ކިތަންމެ ކުޑަ ރަށެއްގައި ވެސް އަބާދީއާއި އެކށޭނެ މިންވަރަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތުކަމުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ބ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކުރެއްވުމަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މިއަދު ރައީސް ވަނީ ބ. ފެހެންދޫއަށް ވަޑައިގެންފައެވެ. އަދި މިރަށުގެ ރައްޔިތުންނާއި މުހާތަބުކުރަމުން ރައީސް ވަނީ އާބާދީ ކުޑަ ރަށެއްކަމުގައިވިއަސް އަސާސީ ޚިދުމަތްތައް ކަށަވަރުކުރާނެ ކަމުގައި ވިދާޅުވެފައެވެ. 

އެގޮތުން ރައީސް ވަނީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވެވަޑައިގަތް ވައުދުތަކަކީ އިޙްލާތެރިކަމާއިއެކު ވެފައިވާ ވައުދުތައް ކަމަށާއި އަސާސީ ޚިދުމަތްތައް ކަށަވަރު ކުރުމުގައި ރަށެއްގެ ކުޑަ ބޮޑުމިނަކަށް ނުބަލާނެ ކަމުގައެވެ. 

ފެހެންދޫގައި ޤާއިމުކުރުމަށް ހަަމޖެހިފައިވާ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ހުއްޓިފައި އޮތުމަކީ ރައްޔިތުންގެ އެންމެ ކަންބޮޑުވުން ހުރިކަން ކަމުގައި ފާހަގަކޮށްފައިވެއެވެ. އަދި ފެހެންދޫގެ ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ މުދައްރިސުންގެ އަދަދު އިތުރުކުރުމަށް ރައީސްގެ ޙާއްސަ އަހަންމިއްޔަތު ކަމެއް ދެއްވާނެ ކަމުގައި އެމަނިކުފާނުވަނީ ވިދާޅުވެފައެވެ. 

މީގެ އިތުރުން ރަަށަށް އަރާފޭބުމުގައި ދިމާވެފައިވާ ޖެޓީގެ މައްސަލައަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ހައްލެއް ހޯދުމަށް މަސައްކަތްކުރެވިގެންދާނެ ކަމުގައި ވިޑދާޅުވަމުން އެމަނިކުފާނުވަނީ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަނާއި ވަޞީލަތްތައް ފުރިހަމަ ކުރުމުގެ މަޝްރޫޢު މި އަހަރު ފައްޓަވާނޭކަމަށާއި، ފުލް ސައިޒް ފުޓުބޯލަ ދަނޑެއް ހެދުމާއި، ފުޓްސަލް ދަނޑުގެ ޕިޗު އާކުރުމާއި، ވޮލީ ކޯޓު އެޅުމާއި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ޤާއިމުކުރުމާއި، އައުޓްޑޯ ޖިމް އަދި ކުޑަކުދިންގެ ޕާކުގެ މަސައްކަތްތައް މި އަހަރު ފައްޓަވާނޭކަމަށް ވިދާޅުވެފައެވެ.