ދުނިޔޭގެ އެއް ނަންބަރު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ މި އަހަރުގެ ޑިސެމްބަރު މަހު އިންޑިއާއަށް ދަތުރެއް ކުރަން ހަމަޖެހިއްޖެ އެވެ.
އިންޑިއާގައި އިވެންޓްތައް އިންތިޒާމުކުރާ ބޮޑެތި ކުންފުނިތަކަކުން ރާވާފައިވާ މިދަތުރުގައި މެސީ ދަތުރުކުރާނީ އިންޑިއާގެ ކަލްކަތާ، އަހްމަދުއާބާދު، މުމްބާއީ އަދި ނިއުދިއްލީ އެވެ.
މެސީ އެންމެ ފުރަތަމަ ދަތުރުކުރާނީ ޑިސެމްބަރު 12 ވަނަ ދުވަހު ކަލްކަތާ އަށެވެ. ކަލްކަތާ އަކީ އިންޑިއާގެ ފުޓްބޯޅައިގައި އެންމެ ފާހަގަކުރެވޭ އެއް ސަރަހައްދެވެ. އެތަނުގައި މެސީގެ ނަމުން ހުޅުވާ ބިނާއެއް ހުޅުވަލުމުގެ ޝަރަފު މެސީ އަށް ލިބިގެންދާނެ އެވެ. އަދި މަޝްހޫރު އީޑެން ގާޑެންސް ސްޓޭޑިއަމުގައި ބާއްވާ ސެވަން އަ ސައިޑް މުބާރާތެއްގައި މެސީ ކުޅޭން ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގައި އިންޑިއާގެ ކުޅުންތެރިޔާ ސޯރަވް ގަންގޫލީ، ލެއަންޑާ ޕައެސް، ބައިޗުން ބުޓިޔާ އަދި ފިލްމީ ތަރިއެއް ކަމަށްވާ ޖޯން އަބްރަހަމްވެސް ކުޅޭންވަނީ ހަމަޖެހިފައެވެ.