ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު. / ފޮޓޯ: ރައީސް އޮފީސް

ގަތުރަގައި ހުންނަ ރާއްޖޭގެ އެމްބަސީ އުފައްދައިފި

މަރިޔަމް ސަމްހާ
 
9 ދުވަސް ކުރިން

ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފިއެވެ.

އެ އިދާރާ އުފެއްދެވިކަން އިއުލާން ކުރައްވާފައިވަނީ މިއަދު ރައީސް އޮފީހުން ނެރުނު ދެންނެވުމުގައެވެ.

އެ އިދާރާއަކީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސް ވަނީ ހަމަޖައްސަވާފައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން، ދިވެހިރާއްޖޭގެ އެމްބަސީއެއް ގަތަރުގައި ރައީސް އުފެއްދެވީ، ދިވެހިރާއްޖެއާއި ގަތަރާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ދެ ގައުމުގެ ދެމެދުގައި ތައުލީމީ، ސިޔާސީ، އިގުތިސާދީ އަދި އަސްކަރީ ގުޅުންތައް ކުރިއެރުވުމަށްޓަކައި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސް އޮފީހުން ނެރުނު ދެންނެވުމުގައި ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ހަމަޖެއްސެވި މަސައްކަތްތައް ބަޔާންކޮށްފައިވެއެވެ. އަދި މި އިދާރާއަށް އިނގިރޭސިބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވާ ރަސްމީ ނަންވެސް ބަޔާންކުރައްވާފައިވެއެވެ.

ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ 502 ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.