ހއ. ދިއްދޫގައި ތަރައްޤީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ހއ. ދިއްދޫގައި ތަރައްޤީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި

މުހައްމަދު ހަމީޒް
 
20 ގަޑިއިރު ކުރިން

ސަރުކާރުން ހއ. ދިއްދޫގައި ތަރައްޤީކުރި ޒަމާނީ ވޮލީބޯޅަ ކޯޓު ރަސްމީކޮށް މިރޭ ހުޅުވައިފިއެވެ.

މި ކޯޓު ރަސްމީކޮށް ހުޅުއްވައިދެއްވީ މިރޭ ދިއްދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރި ވޮލީބޯޅަ ކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަތީފް މުޙައްމަދު ގެ އިތުރުން އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު މުބީން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.


މި ކޯޓަކީ ރަށުގެ ޒުވާނުންނަށާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދިޔަ މުހިންމު މަޝްރޫޢެކެވެ.