މި އަހަރުގެ ދިރާގު ރޯޑް ރޭސް ނޮވެމްބަރު 20 ވަނަ ދުވަހު ބާއްވަން ހަމަޖައްސައިފި އެވެ.
މިއަހަރުވެސް ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސެންޓަރަލް ޕާކް ސަރަހައްދުގައި އެވެ. ދިރާޣުން މިހާޜުވަނީ ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި އެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ މި ރޭހުގައި ހާފް މެރަތަން 10 ކިލޯމީޓަރުގެ ރޭސް އަދި ފަސް ކިލޯމީޓަރުގެ ރޭހުގެ އިތުރުން ޓީމު ކެޓަގަރީތައް ވެސް ހިމެނެއެވެ.
މި ފަހަރު ޓީމު އިވެންޓުގައި އިތުރު ބައިތައް ހިމަނާފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އެ ގޮތުން ރިސޯޓް ޓީމު ކޯޕަރޭޓް ޓީމު ދުވާ ކްލަބްތައް އަދި ޔުނިވަސިޓީ/ކޮލެޖް ޓީމުތައް ވާދަކުރާއިރު ކޮންމެ ކެޓަގަރީއަކުން ވެސް ޗެމްޕިއަން ޓީމެއް ހޮވާނެއެވެ.
މި ރޭހުގައި ޖާގަ ދިނުމަށް ހަމަޖެހިފައި ވަނީ ގިނަވެގެން 4000 ދުވުންތެރިންނަށެވެ. ރޭހަށް ރަޖިސްޓަރީ ކުރެވޭނީ އެ ކަމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓް ޑީއެމްއާރްއާރްޑޮޓްއެމްވީ މެދުވެރިކޮށެވެ.
ދިރާގު ރޯޑް ރޭހަކީ ކޮންމެ އަހަރަކު ވެސް ގިނަ ބައެއްގެ ޝައުގުވެރިކަމާއި އެކު ބައިވެރިވާ ހަރަކާތެކެވެ.