ކުއްޖަކާ ބެހުނު މީހަކު ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި

މުހައްމަދު ހަމީޒް
 
10 ގަޑިއިރު ކުރިން

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހޯދަން ބޭނުންވާ މީހަކު ހޯދައި ހައްޔަރުކުރުމަށްޓަކައި، ދިވެހި ފުލުހުން އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެފި އެވެ.

އެ ނޯޓިސް ނެރުނީ ފ. ނިލަންދޫ، ރާހި، އިޒްޔާން ޢަބްދުލްޙަމީދު، 38، ހޯދުމަށެވެ.

ފުލުހުން ބުނީ ތަހުގީގަށް އެނގިފައިވާ ގޮތުގައި، މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އޭނަ ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައި ކަމަށާއި މިހާރު އުޅޭ ތަނެއް މިހާތަނަށް ސާފުނުވާ ކަމަށެވެ..

އެހެންވެ އިންޓަޕޯލް ރެޑް ނޯޓިސް ނެރެނީ، ބައިނަލްއަގުވާމީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އެހީތެރިކަމާއެކު، ކުށުގެ ތުހުމަތުކުރެވޭ ފަރާތްތައް ހޯދައި ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން އެމީހުން ހައްޔަރުކުރުމަށް މަގުފަހިކުރުމަށް ކަމަށް ފުލުހުން ބުންޏެވެ.