މޭޔަރުންގެ އެންމެ ގޮނޑިއެއް ވެސް ވެރިކަންކުރާ ޕީއެންސީއަކަށް ކާމިޔާބެއް ނުވި

ނާއިފް ހަލީމް
 
5 ގަޑިއިރު ކުރިން

ރާއްޖޭގެ ހުރިހާ ސިޓީތަކުގެ މޭޔަރު ގޮނޑި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުން ކަށަވަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ ފަސް ސިޓީ ކަމަށްވާ މާލެ، އައްޑޫ، ފުވައްމުލައް، ތިނަދޫ އަދި ކުޅުދުއްފުށިން އެމްޑީޕީގެ ފަރާތުން މޭޔަރުގެ މަގާމަށް ވާދަކުރެއްވީ މުއްދަތު ހަމަވާ ދައުރުގައި ވެސް މޭޔަރުކަން ކުރައްވަމުން އަންނަ ބޭފުޅުންނެވެ.

ތަފްސީލު - މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން ދައްކާ ގޮތުގައި ފަސް ސިޓީގެ ތެރެއިން ތިނަދޫ ފިޔަވައި އެހެން ހުރިހާ ސިޓީތަކުގެ މޭޔަރު ގޮނޑި އެމްޑީޕީއިން ކާމިޔާބުކުރީ ވަރަށް ތަފާތު ބޮޑުކޮށެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ލިބެން ހުރި ނަތީޖާތަކަށް ބަލާއިރު ތިނަދޫގެ މޭޔަރު ރޭހުގައި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު ކުރީގައި އުޅުއްވަނީ %51.65 ވޯޓުންނެވެ.

ސަރުކާރު ތަމްސީލުކުރާ ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ %48.35 ވޯޓެވެ.