3 ކިލޯއަށް ވުރެ ގިނަ ޑްރަގާ އެކު ހައްޔަރުކުރި 2 މީހުން

3 ކިލޯއަށް ވުރެ ގިނަ ޑްރަގާ އެކު 2 މީހަކު ހައްޔަރު ކޮށްފި

މުހައްމަދު ހަމީޒް
 
17 ގަޑިއިރު ކުރިން

ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، 3 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު 2 މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަނަކީ މަސްތުވާތަކެތި ގެންގުޅެ، އޭގެ ވިޔަފާރި ކުރާކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

އެ އޮޕަރޭޝަނުގައި 2 އުޅަނދެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ 3 ކިލޯއަށް ވުރެ ގިނަ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ހަނީފް 36،އާއި ގއ. މާމެންދޫ، ފިޔާތޮށިވިލާ، އަޒުހަދު ނަސީމް 28،އެވެ.

ފުލުހުން ބުނީ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހަނީފް 5 ދުވަހަށް އަޒުހަދު 15 ދުވަހަށް ބަންދު ކުރަން އަމުރުކޮށްފައިވާ ކަމަށެވެ.