ކުރުނބާ މޯލްޑިވްސް ބޭރު ރޯވި ބޯޓުގެ އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާކަމަށް ގައުމީ ދިފާޢީ ބާރު، އެމްއެންޑީއެފް އިން ބުނެފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި އަލިފާން ރޯވެފައި ވަނީ "ފްރެޝް ފްރޮމް ދަ ސީ" ނަމަކަށް ކިޔާ ކަންނެލި ބޯޓެކެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާގޮތުން 15 މީހުންނާ އެކު ކ.ދޫނިދޫ ކައިރިން ދަތުރުކުރަމުންދިޔަ މަސް ދޯންޏެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަަ ސްޓޭޝަނުން ވަނީ ހަރަކާތްތެރިވެފައެވެ.
އަދި މިހާރު އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވާކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
ފުލުހުން ވިދާޅުވީ އެ ދޯނީގައި ރޯވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 14:54 ގައި ކަމަށެވެ.
އަދި މި ހާދިސާއާ ގުޅިގެން ފުލުހުން ހަރަކާތްތެރިވެފައިވާކަމަށްވެސް ފުލުހުން ވަނީ ރިޕޮޓްކޮށްފައެވެ.