ރޯދަމަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް އެސްޓީއޯއިން ކުރިއަށްގެންދާ ޚާއްސަ ޕްރޮމޯޝަންތަކުގެ ތެރެއިން، އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ މިއަހަރުގެ "ރޯދަ ސޭލް" ރަސްމީކޮށް ފަށައިފިއެވެ.
މިއަހަރުގެ ރޯދަ ސޭލް ކުރިއަށް ދަނީ ވެލިގާ ހާޑްވެއަރއާ ގުޅިގެންނެވެ. މި ޕްރޮމޯޝަންގެ މައިގަނޑު މަޤްސަދަކީ ރޯދަމަހަށް ގޭތެރެ އާބާތުރަ ފިލުވައި، ކުލަލައި ޒީނަތްތެރިކުރުމަށް ބޭނުންވާ ފަރާތްތަކަށް ހެޔޮ އަގުގައި މަތީ ފެންވަރުގެ ސާމާނު ފޯރުކޮށްދިނުމެވެ.
މި ސޭލްގެ ދަށުން އެސްޓީއޯއިން ވިއްކާ ނިޕޯން ޕެއިންޓް އަދި މަކިޓާ ބްރޭންޑްގެ އުފެއްދުންތަކުން ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭނެއެވެ. އެގޮތުން ނިޕޯން ޕެއިންޓުގެ ހޮވާލެވިފައިވާ އުފެއްދުންތަކުން 50 އިންސައްތައާ ހަމައަށް ޑިސްކައުންޓާއި މަކިޓާ ބްރޭންޑްގެ ބައެއް ޓޫލްސްތަކުން 70 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބިގެން ދާނެއެވެ.
ވެލިގާ ހާޑްވެއަރއާ ގުޅިގެން ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި، ވެލިގާގެ އައުޓްލެޓްތަކުން ވިއްކާ ނިޕޯން ޕެއިންޓުގެ އުފެއްދުންތަކުންވެސް މި ޑިސްކައުންޓްތައް ލިބިގެންދާނެއެވެ.
މީގެ އިތުރުން މި ޕްރޮމޯޝަނުންގެ ދަށުން 500 ރުފިޔާއިން މަތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ހާއްސަ ކޫޕަނެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ގުރުއަތުންނެގޭ ނަސީބުވެރި އެއްވަނައަށް ހޮވޭ ފަރާތަކަށް 50،000 ރުފިޔާގެ ގިފްޓް ވައުޗަރަކާއި ދެވަނައަށް ހޮވޭ ފަރާތަކަށް 20،000 ރުފިޔާގެ ގިފްޓް ވައުޗަރެއް އަދި ތިންވަނައަށް ހިވޭ ފަރާތަކަށް ސްޓޯން ހޮޓެލްގައި ދެ ބޭފުޅަކަށް 2 ދުވަހުގެ ޗުއްޓީ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ 22 ޖެނުއަރީ 2026 ން ފެށިގެން 26 މާރިޗު 2026 ވަނަ ދުވަހުގެ ނިޔަލަށެވެ.