އެސްޓީއޯގެ 'ރަމަޒާން ބާޒާރު' ފަށުން | ފޮޓޯ: އެސްޓީއޯ

އެސްޓީއޯގެ 'ރަމަޒާން ބާޒާރު' ފަށައިފި

މުހައްމަދު ހަމީޒް
 
2 މަސް ކުރިން

އެސްޓީއޯ 'ރަމަޒާން ބާޒާރު' ޕްރޮމޯޝަން ފަށައިފި އެވެ.

މި ޕްރޮމޯޝަން ރަސްމީކޮށް ރޭ ފައްޓަވައި ދެއްވީ އެޗްޑީސީގެ ޗެއާމަންން އަދި އެސްޓީއޯގެ ކުރީގެ އެމްޑީ އަހުމަދު ޝަހީރެވެ.

ކުރިއަށް ރޯދަ މަހަށް ހާއްސަކޮށްގެން ދެޑޮ "ރަމަޒާން ބާޒާރު" މި ޕްރޮމޯޝަންގައި ކޮންމެ ހަފުތާއަކު ޑިޖިޓަލް ކޫޕަނެއް ދުކުރަން ހަމަޖެހިފައިބާ އިރު، އެ ކޫޕަންތައް ލިބޭ ކަސްޓަމަރުންގެ ތެރެއިން އެއް ވަނަ އަށް ފަރާތަކަށް ވަރަށް ޚާއްސަ ގިފްޓް ހެމްޕަރެއް ލިބިގެންދާ ނެއެވެ. އަދި ޕްރޮމޯޝަން ނިމުމުން ޕްރޮމޯޝަންގެ މުއްދަތުގައި ވިޔަފާރިކޮށް ކޫޕަން ލިބުނު ހުރިހާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ނަސީބުވެރި ފަރާތަކަށް ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000ރ. ގެ ލިބޭނެ އެވެ.

މި އަހަރުގެ 'ރަމަޒާން ބާޒާރު' ޕްރޮމޯޝަން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އިތުރުން ވިލިމާލެ ފިހާރަ އާއި އަތޮޅު ތެރޭގަ 11 އައުޓްލެޓްގައި ކުރިއަށް ދާނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ 18 މާޗްއާ ހަމައަށެވެ.

އެހެން އަހަރުތަކާ އެއްގޮތަށް މި ފަހަރު ވެސް 'ރަމަޒާން ބާޒާރު" ގައި ވެސް ގިނަ ޕްރޮޑަކްޓްތަކަކުން އަގުހުރި ޑިސްކައުންޓްތަކެއް ލިބޭނެ އެވެ. އަދި ހޮވާލެވިފައިވާ ހޯމް އެޕްލަޔަންސް އައިޓަމްތަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބިގެން ދާނެ އެވެ.