ރައީސް މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ-- ފޮޓޯ: ރައީސް އޮފީސް

އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގެ އެންމެ އިތުބާރު ކުރެވޭ ބައިވެރިޔާ: ރައީސް މުއިއްޒު

މުހައްމަދު ހަމީޒް
 
1 ސިކުންތު ކުރިން

އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގެ އެންމެ އިތުބާރު ކުރެވޭ ބައިވެރިޔާކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާގެ 79 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ރައީސް ދްރޫޕާދީ މުރްމޫ އަށް ތަހުނިޔާ ވިދާޅުވެ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

ރައީސް މުއިއްޒު ކުރެއްވި ޕޯސްޓުއި، އިންޑިއާ އަކީ ދިވެހިރާއްޖޭގެ އިތުބާރުކުރެވޭ ތަރައްގީގެ ޕާޓްނަރެއްގެ ގޮތުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް އިންޑިއާގެ އިސް އޮފިޝަލުން ދިވެހިރާއްޖެ އަށް ޒިޔާރަތްކުރުމަށާއި، ދިވެހި އޮފިޝަލުން އިންޑިއާ އަށް ދަތުރުކުރުމަށް ލިބޭ ދައުވަތުތަކަށް ޝުކުރު އަދާކުރެއްވިއެވެ.

ދިވެހި ރައްޔިތުންނާއި އިންޑިއާގެ ރައްޔިތުންގެ މެދުގައި އޮންނަ ތާރީޚީ ގުޅުމުގެ މުހިންމުކަން ރައީސް މުއިއްޒު ޚާއްސަކޮށް ފާހަގަކުރެއްވިއެވެ. މި ގުޅުމަކީ ސަގާފީ، އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން ދެ ގައުމަށް ވެސް ފައިދާހުރި ގުޅުމެއް ކަމުގައި ވިދާޅުވިއެވެ.