ކުޅުދުއްފުށީ ސިޓީ ކައުންސިލް

ކުޅުދުއްފުށި ސިޓީ ކައުންސިލުން، އެ ސިޓީގެ ތިން ސްކޫލަށް 100،000ރ. ދެނީ

މުހައްމަދު ހަމީޒް
 
3 ގަޑިއިރު ކުރިން

ކުޅުދުއްފުށީ ސިޓީ ކައުންސިލުން، އެ ސިޓީގެ ސަރުކާރު 3 ސްކޫލަކަށް މި އަހަރު ދިނުމަށް ކަނޑައަޅާފައިވާ "ސްކޫލް ގްރާންޓް" ހަވާލުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

އެ ކައުންސިލުން ވިދާޅުވީ މި ގްރާންޓަށް ހުޅުވާލި ފުރުސަތުގައި ސުކޫލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި ހިމެނޭކަންކަން ހާސިލް ކުރުމަށް ކޮންމެ ސުކޫލަކަށް 100،000ރ. ގްރާންޓެއް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ކައުންސިލުން ވިދާޅުވެފައިވާ ސްކޫލް ގްރާންޓް ތައާރަފްކުރުމުގެ މައިގަނޑު މަގްސަދަކީ ކުޅުދުއްފުށި ސިޓީގެ ސްކޫލްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސުކޫލްތަކުގެ ވަސީލަތްތައް ތަރައްގީކުރުމާއި، ދަރިވަރުންގެ ކުރިއެރުމަށް ސްކޫލްތަކުން ހިންގަމުން އަންނަ ހަރަކާތްތަކަށް އެހީތެރިވުމާއި، ސްކޫލްތަކުގެ ޕީޓީއޭ އިން ސްކޫލްގެ ތަރައްގީއަށް ފަންޑް ހޯދުމަށް ކުރަމުންއަންނަ މަސައްކަތް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން، އެ ސިޓީގެ ތިން ސްކޫލަށް 100،000ރ. ދެނީ

މި ގްރާންޓް ޕްރޮގްރާމްގެ ދަށުން 2024 އަހަރާއި 2025 ވަނަ އަހަރުވެސް ކޮންމެ ސްކޫލަކަށް 100،000ރ. ދޫކޮށްފައި ވެއެވެ. އަދި 2022 ވަނަ އަހަރު ކޮންމެ ސްކޫލަކަށް 50،000ރ. ދޫކޮށްފައިވެއެވެ.

އެ ސިޓީގައި ހުންނަ ސަރުކާރު ތިން ސްކޫލަކީ ހދ. އަތޮޅު ތައުލީމީ މަރުކަަޒާއި، ޖަލާލުއްދީން ސްކޫލްގެ އިތުރުން، އަފީފުއްދީން ސްކޫލެވެ.