މި ފެށޭ ރޯދަ މަހު ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 09:00 އިން ފެށިގެން މެންދުރު 13:00 ޖަހަންދެން ކަމަށް ކަނޑައަޅައިފި އެވެ.
ރައީސް އޮފީހުން ބުނީ ކުރިއެކޭ ވެސް އެއްގޮތަށް ރޯދަ މަހުގެ އިތުރުން ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ރަސްމީ މަސައްކަތް ކުރަން ޖެހޭނީ ހަތަރު ގަޑިއިރު ކަމަށެވެ.
ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރޯދަ މަހުގެ ރަސްމީ މަސައްކަތު ގަޑިއާއި، ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑި ހެނދުނު 09:00 އިން މެންދުރު 13:00 އަށް ކަނޑައެޅީ މާޗު 6، 2022 ގަ އެވެ.
2024 ވަނަ އަހަރުގެ ރޯދަ މަހުން ފެށިގެން ރޯދަ މަހުގެ ފަހު 10 ރޯދައިގައި ސަރުކާރުގެ ހުރިހާ އޮފީހެއް ބަންދު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަނޑައަޅުއްވާފަ އެވެެ.