ތުރުކީއިން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރާއި ޑްރޯން ބޭނުންކޮށްގެން ގައުމީ ދިފާއީ ބާރުން ރާއްޖޭގެ ދެކުނުގައި ސަވައިލަންސް އޮޕަރޭޝަނެއް ފަށައިފިއެވެ.
އެންޑީއެފް)އިން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، ދިވެހިރާއްޖޭގެ ދެކުނުގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ޓަކައި، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ދަރުމަވަންތައާއި އެމްއެންޑީއެފް އެއާ ކޯގެ ޑްރޯން ބޭނުންކޮށްގެން، ޚާއްސަ ސަވައިލަންސް އޮޕަރޭޝަނެއް މިހާރު ފަށައިފައިވާ ކަމަށެވެ.
އެގޮތުން އިއްޔެ ފެށައިގެން ކުރިއަށްގެންދާ މި ސަވައިލަންސް އޮޕަރޭޝަނުގައި، ރާއްޖޭގެ ދެކުނުގެ ބޭސްލައިނުން ފެށިގެން 200 ނޯޓިކަލްމޭލުގެ ސަރަހައްދެއް ބެލުމަށް ހަމަޖެހިފައި ވާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.