ލަންކާގެ ރައީސް ފޮރިންގ މިނިސްޓަރ އާއި ބައްދަލުކުރެއްވުން | ފޮޓޯ: ފޮރިންގ މިނިސްޓްރީ

ފޮރިން މިނިސްޓަރ ސްރީ ލަންކާގެ ރައީސް އާއި ބައްދަލުކުރައްވައިފި

އާއިޝަތު އަނާ ރަޝީދު
 
1 ސިކުންތު ކުރިން

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑރ. އިބްރާހިމް ޙަލީލް، ޑިމޮކްރަޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީ ލަންކާގެ ރައީސް، އިއްޒަތްތެރި އަނުރާ ކުމާރާ ދިސާނާޔަކާއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުވުމުގައި މިނިސްޓަރ ވަނީ ސްރީ ލަންކާގެ ރައީސް މަގާމާިއ ހަވާލުމަށްފަހު ދިވެހިރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުގައި އެމަނިކުފާނަށާއި އެމަނިކުފާނުގެ ވަފުދަށް މަރުހަބާ ދަންނާވަފައެވެ. އަދި ސްރީ ލަންކާއައި ދިވެހިރާއްޖެއާއި ދެމެދު އޮތް ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ސްރީ ލަންކާއާއި ގާތުން މަސައްކަތް ކުރުމަށް ދިވެހި ސަރުކާރުން ގަދައަޅާ މަސައްކަތްކުރާކަމަށް މިނިސްޓަރ ވަނީ ކަށަވަރުކޮށްދީފައެވެ.

މީގެ އިތުރުން ސްރީ ލަންކާގެ ރައީސްވެސް ވަނީ ލަންކާ ސަރުކާރުން ދިވެހިރާއްޖެއާއި ގާތްގުޅުމެއް ދަމަހައްޓައި ފުޅާ ދާއިރާއެއްގައި ދެގައުމުގެ ދެމެދު އެއްބާރުލުން ދެމެހެއްޓުމަށް މަސައްކަތްކުރައްވަމުންގެންދަވާ ކަމުގައި ވިދާޅުވެފައެވެ.

މިނިސްޓަރ، ޑރ. ޚަލީލްގެ އަރިހުގައި ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖެގެ ހައި ކޮމިޝަނަރ މަސްއޫދު އިމާދު، ސެކެރެޓަރީ ފާތިމަތު އިނާޔާގެ އިތުރުން އެޑިޝަނަލް ސެކްރެޓަރީ އާމިނަތު އަބްދުﷲ ދީދީ އަދި ޑިރެކްޓަރ ޖެނެރަލް، އާއިޝަތު ފަރީނާވެސް މި އިޚްތިރާމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.